Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ފެސިލިޓީތައް ގާއިމްކުރުމާއެކު މަސްވެރިކަމުގެ އާމްދަނީ ދެގުނަ އިތުރުވާނެ: ޝިޔާމް

ޕްރޮސެސިން ފެސިލިޓީތަކާއި ކޯލްޑް ސްޓޯރޭޖުތައް ގާއިމް ކުރުމާއެކު މަސްވެރިކަމުން ލިބޭ އާމްދަނީ ދެގުނަ އިތުރުވެގންދާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓުކުރާ މަސް ދުނިޔޭގެ އެކި ބާޒާރުތަކުގައި ވަރަށް އަގުބޮޑުކޮށް ވިއްކާ ކަމަށެވެ. އެއީ ރޯ މެޓީރިއަލްގެ ގޮތުގައި މަސް ބޭރުކުރަން ރާއްޖެއަށް މަޖުބޫރުވެފައިވާތީކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި ކޯލްޑް ސްޓޯރޭޖާއި ޕްރޮސެސިން ފެސިލިޓީތައް ގާއިމްކޮށް، މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ޓާގެޓު ހާސިލް ކުރެވުމުން އާމްދަނީ ވެސް އެއާއެކު އިތުރުވެގެންދާނެއެވެ.

އަޅުގަނޑު ނުދަންނަވާނަން ހަމަ އަގެކޭ. ރަނގަޅު އަގެއް ނުލިބޭކަން އަޅުގަނޑުމެންނަށް މި އެނގެނީ. އެ މަސް ދިވެހިރާއްޖޭގެ އަގު އެއްކޮށްގެން އަޅުގަނޑުމެންނަށް ބޭރުކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް، މަސް އެކްސްޕޯޓުކޮށްގެން ދިވެހިރާއްޖެއަށް މި ވައްދާ ބޭރު ފައިސާ އެތައް ގުނައެއް އިތުރު ކުރެވޭނެ
އަހުމަދު ޝިޔާމް

ސަރުކާރުން ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމް ކުރެވިފައިވާ ކޯލްޑް ސްޓޯރޭޖުތަކާއި ޕްރޮސެސިން ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން:

  • ޅ. ފެލިވަރުގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރާނެ
  • ފ. ނިލަންދޫގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރާނެ
  • ގދ. ފިޔޯރީގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރާނެ

ރާއްޖޭގައި މިހާރު ގާއިމްކުރެވިފައިވާ ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8،500 ޓަނެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ 25،000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ރާއްޖޭގައި ގާއިމް ކުރުމެވެ. މިއީ ރައީސް މަސްވެރިންނަށްވީ ވައުދުތަކުގެ ތެރެއިން ވައުދެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ