ޑޮމެއިންގެ މައްސަލައަށް ހައްލު ގެނައުމަށް ކުރައްވާނެ ކަންކަން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮމެއިންގެ މައްސަލައަށް ގެންނާނެ ހައްލުތަކުގެ ތަފްސީލް ހާމަކުރައްވާފައި ވަނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރ މުހައްމަދު އަމީނެވެ.
އެގޮތުން ޕްރެޒެންޓޭޝަން މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ޑޮމެއިންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ގަވައިދު އިސްލާހުކޮށް ގެޒެޓްކުރުން ހިމެނޭކަމަށެވެ.
އަލަށް ސެކިއުރިޓީ ފީޗާރސްއާއެކު ފަރުމާކުރެވިފައިވާ ޑޮމެއިންގެ ރަޖިސްޓްރީ އަދި ބޭނުންކުރުމުގެ ހުއްދައަށް ބަދަލުކޮށް ތައާރްފްކުރުމާއި، ޑޮމެއިން ހިދުމަތް ދިނުމަށްޓަކައި ހަރުދަނާ އިދާރީ އުސޫލެއް އެކުލަވާލުމުން ވެސް އެކަމަށް ހައްލު ގެނެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރި ޕްރެޒެންޓޭޝަންގައިވެއެވެ.
އޭގެއިތުރުން އައު ސިސްޓަމެއް ތައާރަފްކޮށް ޑޮމެއިންގެ ޑޭޓާބޭސްއެއް ވިއުގާއަކުން ގުޅާލާ، ޑޮމެއިންގެ ވެރިފަރާތައް އެ ފަރާތެއްގެ ޑޮމެއިން ނަންބަރުގެ މައުލޫމާތު އޮންލައިންކޮށް ބެލޭނެ ގޮތް ހެދުމުން ވެސް ޑޮމެއިންގެ މައްސަލައަށް ދިމާވެފައިވާކަންކަން ހައްލުވެގެންދާނެކަމަށް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެން ސަރުކާރާ ހަވާ؛ލުވީއިރު ޑޮމެއިންގެ މައްސަލަ އޮތީޯ ވަރަށް ބޮޑަށް މައްސަލަތައް ބޮޑުވެ، އޯޅިފައި އޮތް ކަންވާރު ބޮޅެއްހެންމުހައްމަދު އަމީން
ޑޮމެއިންގެ ގަވައިދު އިސްލާހްކޮށް މި މަހުގެ 10 ނުވަތަ 12 ވަނަ ދުވަހު ގެޒެޓް ކުރެވޭނެކަމަށް ވެސް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ.