Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)

ފުޓުބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ: ނައިބު ރައީސް

ފުޓުބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 14 އަހަރުން ދަށުގެ ޢުމުރުފުރާގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ފުޓުބޯޅަ ކުރިއެރުވުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ނަޞްރުގެ ދުވަސް ފަދަ ޤައުމީ އިޙުތިފާލުތައް ކުރިއަށްދާ ދުވަހެއްގައި ފުޓުބޯޅަ މުބާރާތެއް ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެވަޑައިގަތުމަށް ހަމަޖެހުމުންވެސް ދައްކުވައިދެނީ ދިވެހި ސަރުކާރާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ފުޓުބޯޅައަށާއި ކުޑަކުދިންނަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުން، ތަފާތު ހުނަރުތައް ހުރި، ފުޓުބޯޅަ ކުޅުންތެރިން ދިވެހި ފަސްގަނޑުގައި އުފެދެމުންދާކަމަށާއި ޤައުމީ ފުޓުބޯޅަ ކުރިއެރުވެން އޮތީ، ކޮންމެ ކުއްޖަކުވެސް، ޤައުމީ ފެންވަރުގައި، ޤައުމީ ރޫޙުގައި ކުޅެން މަސައްކަތްކޮށްގެން ކަމަށެވެ.

މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2024، 14 އަހަރުން ދަށުގެ ޢުމުރުފުރާގެ ކުޅުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފައިނަލް މެޗުގެ ކުޅުން ބައްލަވާލައްވައި ނައިބު ރައީސް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށާއި ވަނަވަނަ ޙާޞިލުކުރި ޓީމުތަކަށާއި އޮފިޝަލުންނާއި ރެފްރީންނަށް ތައްޓާއި ހަނދާނީ ފިލަޔާއި އިނާމު ހަވާލުކޮށްދެއްވާފައެވެ.

މި ލިއުމާއި ގުޅޭ