Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޢުލީމީ ވުޒާރާ

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ 100 ވައުދުތަކުގެ ތެރޭ ހިމެނުއްވި، ސުކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކުރުމުގެ ވައުދު ފުއްދަވައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ވަގުތީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުން ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އެވެ. ނަމަވެސް ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުން އޭޕްރީލް 3 ވަނަ ދުވަހު ސްކޫލަށް ނިކުންނަން ޖެހޭނެ ކަމަށް އެ ކަލަންޑަރުގައި ވަނީ ބުނެފައެވެ.

ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ލިބެނީ ޖުލައި މަހުގެ 28 ވަނަ ދުވަހުން އޮގަސްޓު މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. އެހެންނަމަވެސް ދެވަނަ ޓާމުގެ މެދު ތެރެއިން ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުން 25 ވަނަ ދުވަހާހަމައަށް ޗުއްޓީއެއް ލިބޭނެ އެވެ.

ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ރިޕޯޓް ކާޑު ދޫކޮށް، ރަސްމީކޮށް ޗުއްޓީ ފެށޭނީ ޑިސެމްބަރު 28 ވަނަ ދުވަހު ކަމަށް އެ ކަލަންޑަރުގައިވެ އެވެ. އަދި ޖެނުއަރީ 22 އާ ހަމައަށް ޗުއްޓީ ދިނުމަށްފަހު 2026 ވަނަ އަހަރުގެ ކިޔެވުން ފަށަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިރާސީ އާ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރެއިން ފެށުމަށް ނިންމުމުން ދަރިވަރުންނަށް އެތައް ގެއްލުމެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އެކުދިންނަށް ސްކޫލް ނިންމަންޖެހޭ މުއްދަތު އިތުރުވެ ކުދިންގެ ކިޔެވުމަށްވެސް ވަނީ އަސަރުކޮށްފައެވެ. އޭރު ސަރުކާރުން ބުނަމުން ދިޔައީ އެބަދަލު ގެނެވުނީ ޑިސެންބަރުގައި ސްކޫލްތައް ބަންދުވެ ކުދިންނަށް ޗުއްޓީ ލިބުނުކަމުގައިވިޔަސް ޓޫރިޒަމް ދާއިރާގައި އުޅުއްވާ ބެލެނެވެރިންނަށް ޗުއްޓީ ނުލިބި އާއިލާއެކު ވަގުތު ހޭދަކުރަން އުދަގޫ ވާތީ ކަމަށެވެ.

މި ލިއުމާއި ގުޅޭ