ފެންބޮޑުވުމުގެ ސަބަބުން ރެއާލް މެޑްރިޑާއި ވެލެންސިއާގެ މެޗު ފަސްކޮށްފިއެވެ.
މިއަދު ވެލެންސިއާ ދަނޑުގައި ރެއާލްއާއި ވެލެންސިއާއިން ކުޅެން ތާވަލުކޮށްފައި އޮތް ލަލީގާ ގެ މެޗު ފެންބޮޑުވުމުގެ ސަބަބުން ފަސްކުރަން ރެއާލް ފެޑެރޭޝަން އެސްޕަނިއޯލާ ޑި ފުޓްބޯލް (އާރުއެފްއީއެފް) ނިންމައިފިއެވެ.
އަދި، މީގެ އިތުރުން، ވިލަރެއާލްގެ ދަނޑުގައި ކުޅެން ޖަމަހެހިފައި އޮތް މެޗުވެސް ފަސްކުރުމަށް ވަނީ ނިންމާފައެވެ.
މިއަދު ވެލެންސިއާ އާއި ވިލަރެއާލްގެ މެޗު ފަސްކުރުމުގެ އިތުރުން ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގެ ޓީމުތައް ބައިވެރިވާ ދެވަނަ ޑިވިޝަންގެ ތިން މެޗު ފަސްކުރުމަށްވެސް ލަލީގާއިން އާރުއެފްއީއެފަށް އެދިފައިވެއެވެ.
ފެންބޮޑުވުމުގެ ސަބަބުން، އެތައް ބަޔަކު މަރުވެފައިވާއިރު، މީގެ ފަހުން މެޗުތައް ފެއްޓުމުގެ ކުރިން ހަމަހިމޭންކަމުގެ ސުކޫތެއް ނެގުމަށްފަހު ކުޅެން ފެށުމަށް ހަމަޖެހިފައިވެއެވެ. ފުޓުބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުންވެސް، ކުޅުމަށް ތާވަލުކޮށްފައިވާ އެތައް މެޗުތަކެއް ފަސްކުރަން ފަށާފައިވެއެވެ.