Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އަލް ހިލާލް އާއި އަލް ނަސްރުގެ މެޗު އެއްވަރު ވެއްޖެ

ސައުދީ އަރަބިއްޔާގެ ސުޕަ ލީގުގައި ވާދަވެރި އަލް ހިލާލްއާއި އަލް ނަސްރު ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

އިއްޔެ ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން އަލް ހިލާލަށް 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބިފައިވާއިރު އަލް ނަސްރަށް 9 މެޗުން ލިބިފައިވަނީ 19 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ އެވެ. ދެވަނައިގައި އޮތް އަލް އިއްތިހާދަށް 9 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ.

މިއީ މި ލީގުގައި އަލް ހިލާލް މެޗަކުން މޮޅުނުވެ ތިން ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ. މީގެ ކުރިން އެ ޓީމު ކުޅުނު 8 މެޗުންވެސް ވަނީ މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ މިނިޓުގައި އަލް ނަސްރުގެ އެންޑަރސަން ޓަލިސްކާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ދެ ޓީމުގެ ކުރިމަތިލުމަކީ ސައުދީ ލީގުގައި އެންމެ ގިނަ ބައެއް އިންތިޒާރު ކުރާ އެއް މެޗެވެ.

އަލް ހިލާލް އިން މި މެޗުގައި ލަނޑު ޖަހާ އެއްވަރުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ސަރބިޔާގެ މިލިންކޮވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ލިއުމާއި ގުޅޭ