Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ބަޖެޓު

ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި

މާލެ ސިޓީ ސަރަހައްދުގައި ހުރި ކޯޓުތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ޢިމާރާތް ކުރުމަށް ނިންމާފައިވާ ކޯޓު ކޮމްޕެލްކްސް އިމާރާތް ކުރުމަށް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ހިމަނައިފިއެވެ.

މި ކޯޓު ކޮމްޕްލެކްސް އަކީ ސުޕީރިއާ ކޯޓުތަކަށް ހާއްސަ ކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކޯޓު ކޮމްޕްލެކްސް އެކެވެ. ސުޕީރިއާ ކޯޓުތަކަކީ، ކްރިމިނަލް ކޯޓާ، ސިވިލް ކޯޓާ، ފެމިލީ ކޯޓާ، ޖުވެނައިލް ކޯޓު އަދި ޑްރަގްކޯޓެވެ.

ޝަރުއީ ދާއިރާގެ ދާއިމީ އިމާރާތެއްގެ ގޮތުގައި ޖަސްޓިސް ބިލްޑިން އެކަނި ހުރި އިރު ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އެއް ބައި ހިންގަނީ ވެސް ވަރަށް ބޮޑަށް ބާވެ ޖާގައިގެ ދަތިކަން ހުރި އިމާރާތެއްގައެވެ.

ޖުޑީޝަރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަސީލަތްތައް ތަރައްގީކުރަން މާލޭގައި ކޯޓު ކޮމްޕްލެކްސް އިމާރާތެއް ބިނާކުރަންވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަސް 12.4 ބިލިއަން ރުފިޔާ މި ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މާލެސިޓީ ސަރަހައްދުގައި ހުރި ކޯޓުތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ޢިމާރާތް ކުރުމަށް ނިންމާފައިވާ ކޯޓު ކޮމްޕެލްކްސްގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އިއްޔެއެވެ.

މާލޭގައި ހުރި ހުރިހާ ކޯޓުތަކެއްގެ ޖާގައިގެ މައްސަލައަށް ހައްލެއް ހޯދުމަށް ކޯޓު ކޮމްޕެލެކްސް އެއްގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދަނީ ކުރަމުންނެވެ. ޝަރީޢަތްތައް ލަސްވާ އެންމެ ބޮޑު އެއްސަބަބަކީ ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ކަން އޭޖީ ވަނީ ފާހަގަކުރައްވާފައެވެ. އަދި ވާނުވާ ބަންދުގެ އެންމެ ބޮޑު އެއްސަބަބަކީ ޝަރީޢަތްތައް ލަސްވުން ކަަމަށް އޭނާ ވިދާޅުވިއެވެ.

ވާނުވާ ބަންދުގެ މައްސަލައަށް ހައްލުކުރުމާއި މާލޭ ސަރަހައްދުގައި ކޯޓު ކޮމްޕްލެކްސް އެއް ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
މި ލިއުމާއި ގުޅޭ