Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓޮޓެންހަމް

ޓޮޓެންހަމް އަތުން ބަލިވެ ލީގު ކަޕުން ސިޓީ ކަޓައިފި

2 - 1 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕަރ އަތުން ބަލިވެ ލީގު ކަޕުން މެންޗެސްޓަރ ސިޓީ ކަޓައިފިއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޓީމޯ ވާނާ، ވަގުތު ބޭކާރުކުރުމެއް ނެތި ޓޮޓެންހަމް ހޮޓްސްޕާސް އަށް އެންމެ ފަސް މިނެޓުގެ ތެރޭގައި ލީޑު ނަގައިދިނެވެ. އަދި މާ ގިނަ އިރުތަކެއް ނުވެ މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމުގެ ޕަޕް މަޓާ ސަރ ވަނީ މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ސްޕާރސްއަށް ލީޑު ފުޅާކޮށްދީފައެވެ.

ނަމަވެސް، ދެޓީމުންވެސް ހާފު ބްރޭކުގައި ލޮކާރޫމަށް ދިޔުމުގެ ކުރިން، ސިޓީގެ މަތެއަސް ނޫނިސް ވަނީ، ޓީމުގެ ހިތްވަރު އާކުރުމުގެ އުންމީއާއެކު ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް، ފުޓުބޯޅައިގެ ދުނިޔޭގައި ބޮޑެތި ޓީމުތަކުންވެސް ޖެހިލުންވާ ސިޓީގެ ރޭވުންތައް ފޫއަޅުވާލައި ހީ ނުކުރާ ގޮތަކަށް ސިޓީ ކަރަބޯ ކަޕު ދޫކުރަން ޖެހުނީ ދެވަނަ ހާފުގައި ލަނޑެއް ނުޖެހި ހިތްދަތި ގޮތަކަށް ޓޮޓެންހަމް އަތުން ބަލިވުމުންނެވެ.

ސިޓީ ފަދަ ވަރުގަދަ ޓީމެއް ބަލިކުރެވުމުން، 2008 އިން ފަށައިން ތައްޓެއް ކާމިޔާބުކުރެވިފައި ނުވާ ޓޮޓެންހަމްގެ ހިތްވަރު އާވެގެންގޮސްފައިވެއެވެ. ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުން ރޭގެ މެޗު ބަލަން ގޮސްފައިވާއިރު، މުޅި ދަނޑު ތަރުހީބުގެ އަޑުތަކުން ގުގުމާލާފައިވިއެވެ.

މި ލިއުމާއި ގުޅޭ