Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ސްކޫލަކަށް ވަދެ ބިރުދެއްކި މީހާގެ މައްޗަށް ދައުވާ އުފުލައިފި

ސްކޫލަކަށް ވަދެ ދަރިވަރުން ކުރިމަތީގައި ޓީޗަރުންނަށް ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މއ. ކަނޑޫގެ، އުމުރުން 41 އަހަރުގެ އަލީ އަހްމަދުގެ މައްޗަށް ޖުމްލަ 3 ދައުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އުފުލާފައިވެއެވެ.

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޕީޖީން އޭނާގެ މައްޗަށް އުފުލާފައިވަނީ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއާއި، އާންމު ތަނެއްގައި ހުރި މީހަކު، އެމީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރުހީވާނެކަން އެނގިހުރެ، މާރާމާރީ ހިންގައި، ތަޅާފޮޅައި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭގޮތަށް އުޅުމުގެ ދައުވާގެ އިތުރުން، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ތުހުމަތުގައި އެކި ފަހަރުތަކުގެ މަތިން އޭނާ ބަންދުކުރެވިފައިވާއިރު، އެ މައްސަލާގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ވާކަމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން އާންމުކޮށްފައިވާ ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އަދި މީގެ އިތުރުން، އެ ސްކޫލުގެ މުވައްޒަފުން ދީފައިވާ ބަޔާންތަކުން، އޭނާ އެ ސްކޫލަށް ވަދެ އަޑުގަދަކޮށް ހަޅޭލަވާ ތީޗަރުންނަށް ބިރުދައްކާފައިވީިނަމަވެސް، އެއްވެސް މުވައްޒަފެއްގައިގަ އަތްލާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ