Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާ ހަނގުރާމަ ވަގުތުން މެދުކަނޑާލުމުގެ އައު މަޝްވަރާތަކެއް

ޣައްޒާގައި ހަމާސްއަށް އަމާޒުކޮށް ކަމަށްބުނެ އިޒްރާއީލުން ހަމަލާތައް ވަރުގަދަކޮށްފައިވަނިކޮށް ވަގުތުން ހަނގުރާމަ މެދުކަނޑާލުމުގެ އައު މަޝްވަރާތަކަށް މެދުވެރިން ތައްޔާރުވެއްޖެއެވެ.

ހަނގުރާމަ މެދުކަނޑާލުމުގެ އައު މަޝްވަރާތަކެއްގެ މަސައްކަތްކުރާ ކަމުގެ ޚަބަރު ފެތުރުނީ، އިޒްރާއީލުން ޣައްޒާގެ ރިހާއިޝީ ސަރަހައްދަކަށް ދިން ހަމަލާއެއްގައި 100އާ ގާތްކުރާ އަދަދެއްގެ މީހުން ޝަހީދުވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ފާޅުކުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާ، ޤަތަރު އަދި މިޞްރުގެ މެދުވެރިން މަސްތަކެއް ވަންދެން ވަނީ އިޒްރާއީލާއި ހަމާސްއާ ދެމެދު ވަގުތީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތްކޮށްފައެވެ. މިގޮތުން ބަންދުގައި ތިބި މީހުން ދޫކޮށްލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ދިގު މުއްދަތެއްގެ ހަނގުރާމަ ހުއްޓުވުމަށް މަޝްވަރާކުރުމަށް މަސައްކަތްކޮށްފައިވެއެވެ.

އަލަށް ފެށޭ މަޝްވަރާތަކުގެ ގޮތުގައި އިޒްރޭލުގެ މޮސާޑްގެ އިސްވެރިޔާ ޑޭވިޑް ބަރނެއާ، ސީއައިއޭގެ ޑިރެކްޓަރ ބިލް ބާންސް އަދި ޤަތަރުގެ ބޮޑުވަޒީރު މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީ ވަނީ އެންމެ ފަހުން ދޯހާގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުން ބޭއްވުނީ އާދިއްތަ އަދި ހޯމަ ދުވަހުއެވެ.

މަޝްވަރާތަކާ ގާތް މަސްދަރަކުން ބުދަ ދުވަހު ހާމަކުރި ގޮތުގައި، އިސްވެރިން މަޝްވަރާކޮށްފައިވަނީ "މަހަކަށްވުރެ ކުރު" މުއްދަތަކަށް ވަގުތީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ހުށަހެޅުމަށެވެ. މި ހުށަހެޅުމުގައި އިޒްރާއީލުގެ ބަންދުގައި ތިބި މީހުން ދޫކޮށްލުމާއި، ބަދަލުގައި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުން ދޫކޮށްލުމާއި، ޣައްޒާއަށް ފޯރުކޮށްދޭ އެހީ އިތުރުކުރުން ހިމެނެއެވެ.

"އެމެރިކާގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި ކުރު މުއްދަތެއްގެ އެއްބަސްވުމަކަށް ވާސިލުވެވިއްޖެނަމަ، އެއީ ދާއިމީ އެއްބަސްވުމަކަށް ވާސިލުވުމުގެ ފެށުމަކަށް ވެދާނެ،" އެ މަސްދަރުން ބުންޏެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ލަހިޔާ ސަރަހައްދަށް އަންގާރަ ދުވަހު ދިން ހަމަލާއެއްގައި ވެސް އިމާރާތެއް ވަނީ ފުނޑުފުނޑުވެފައެވެ. މި ހަމަލާގައި މަދުވެގެން 93 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށްވެސް އެ އޭޖެންސީން ބުނެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހަނގުރާމަ ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.
މި ލިއުމާއި ގުޅޭ