Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުވާ މަޖިލިސް

ފަތުވާ މަޖިލީހުގެ އާ ވެބްސައިޓް އިފްތިތާހް ކޮށްފި

ފަތުވާ މަޖިލީހުގެ އާ ވެބްސައިޓް އިފްތިތާހް ކޮށްފިއެވެ.

އެ މަޖިލީހުގެ އާ ވެބްސައިޓް އިފްތިތާހު ކޮށްފައިވަނީ ސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ވެބްސައިޓު އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އެ ރަސްމިއްޔާތުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަލީލަތުލް އުސްތާޒުއްޝައިހް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް ގެ އިތުރުުން އެ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފަތުވާ މަޖިލީހުގެ އާ ވެބްސައިޓާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީ އިން ބުނީ އާ ވެބްސައިޓުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވާފައިވާ ފަތުވާތަކާއި، އިސްތިރާޝީ ލަފާތަކާއި، ފަތުވާ ފޮތްތައް ހިމެނޭ އޮންލައިން ލައިބްރަރީއަކާއި ފަތުވާ މަޖިލީހާއި ގުޅޭ އެންމެ ފަހުގެ ހަބަރާއި މައުލޫމާތު ލިބިގެންދާނެކަމަށެވެ.

މިހާރު ފަތުވާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ފަތުވާ މަޖިލީހުގެ ރައީސް ފަލީލަތުލް އުސްތާދުއްޝައިހް ޑރ. މުހައްމަދު ރަޝީދު އިބްރާހީމާއި، ފަތުވާ މަޖިލީހުގެ ނައިބު ރައީސް ޑރ. އަބްދުއްސައްތާރު އަބްދުއްރަޙްމާނާއި، ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް، އައްޝައިހް އިލްޔާސް ހުސައިން އަދި ޑރ. މޫސާ އަންވަރު ހަސަންއެވެ.

މި ލިއުމާއި ގުޅޭ