Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފީފާ

މިއަހަރުގެ ބެލެންޑިއޯ ރޮޑްރީއަށް

ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ، ބެލެންޑިއޯ ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ރޮޑްރީގޯއަށް ލިބިއްޖެއެވެ.

ރޭގެ ރަސްމިޔާތުގައި އުމުރުން 28 އަހަރުގެ ރޮޑްރީ ބެލެންޑިއޯ ކާމިޔާބުކުރުން ވެގެންދިޔައީ ސްޕެއިންގެ ފުޓުބޯޅައަށް ލިބުނު ބޮޑު ޝަރަފަކަށެވެ. މިއީ، 1960 ވަނަ އަހަރަށްފަހު، ސްޕެއިންގެ ކުޅުންތެރިޔަކު މި އެވޯޑު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ފްރާންސްގެ ޕެރިސްގައި ރޭ ބޭއްވި މި ރަސްމިޔާތުގައި ރޮޑްރީ ބެލެންޑިއޯ ކާމިޔާބުކޮށްފައި މިވަނީ، ބްރެޒިލް އަދި ރިއަލް މެޑްރިޑްގެ ކާމިޔާބު ކުޅުންތެރިޔާ ވިނީޝިއަސްއަށް ބެލެންޑިއޯ ލިބޭނެކަމަށް ގިނަ ބަޔަކު ލަފާކޮށްގެން ތިއްބައެވެ.

ރެއާލް މެޑްރިޑުންވެސް ވަނީ މި ރަސްމިޔާތު ބޮއިކޮޓްކޮށްފައެވެ. އެވޯޑު ކާމިޔާބުކުރި ރޮޑްރީއަށް ފަހު ވިނީޝިއަސް ލިބުނީ ދެވަނައެވެ. ތިން ވަނަ އަށް ދިޔައީ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްކަމަށްވާ ޖޫޑް ބެލިންގަމްއެވެ.

މި ރަސްމިޔާތުގައި އެންމެ މޮޅު ކްލަބުގެ އެވޯޑު ލިބިފައިވަނީ ރެއާލް މެޑްރިޑަށެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑުވެސް ލިބިފައިވަނީ، ރެއާލް މެޑްރިޑްގެ ކޯޗު އެންޗެލޯޓީއަށެވެ.

މި ލިއުމާއި ގުޅޭ