Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މަކަރާއި ހީލަތުގެ މައްސަލައެއްގައި އަންހެނަކު ހޯދަނީ

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުޤީޤަށް އަންހެނަކު ހޯދަން އިޢުލާންކޮށްފިއެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުޤީޤަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުނުކުރެވި ވާތީ ހޯދުމަށް އިޢުލާންކުރީ އއ. މާޅޮސް، ބަނަފުސާގެ ޙައްވާ ތަޢުލީމާ އެވެ.

ފުލުހުން ކުރި އިޢުލާނުގައި ބުނެފައިވަނީ ޙައްވާ ތަޢުލީމާ މިހިނގާ ނޮވެމްބަރު 6 ވަނަ ދުވަހުގެ 10:00 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ހޯދަން އިއުލާން ކުރި މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

މި ލިއުމާއި ގުޅޭ