ދުނިޔޭގެ 30x30 ޓާގެޓާއި ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމްއާއި ހައި އެންބިޝަން ކޯލިޝަން (އެޗްއޭސީ)ގެ ޑިރެކްޓަރު މަޝްވަރާކުރައްވައިފިއެވެ.
އެޗްއޭސީގެ ޑިރެކްޓަރ ރިޓާ ޒަޣްލޫލްއާއެކު ކުރިއަށްގެންގޮސްފައިވާ މި ބައްދަލުވުމުގައި "30x30" ނުވަތަ ބައިނަލްއަގްވާމީގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ 30 އިންސައްތަ ހިމާޔަތްކުރުމާއި ގުޅޭ ލަނޑުދަނޑި ހާސިލުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ލިބެންހުރި ފުރުސަތުތަކާއި ބެހޭ މަޝްވަރާ ކުރިއެވެ.
އެގޮތުން، ދުނިޔޭގެ އެތައް ގައުމަކުން މި ލަނޑުދަނޑި ހާސިލްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ އާމާޒަށް ވާސިލުވުމަށްޓަކައި ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކާއި ބެހޭގޮތުން ވަޒީރު ތާރިޤް، ޑިރެކްޓަރ ރިޓާއަށް މައުލޫމާތު ހިއްސާކުރައްވައި، މި މަސައްކަތުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައިވެއެވެ.
މި ބައްދަލުވުމަކީ ކޮޕް-16 ގެ ހަވާސާގެ ތެރެއިން ބޭއްވިގެންދިޔަ މަޝްވަރާ ބައްދަލުވުމަކަށް ވުމުން، މި ބައްދަލުވުމުގައި އެހެން މައުލޫތަކަށްވެސް އަލި އަޅުވާލައްވާފައިވާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން މައުލޫމާތުދެއްވާފައިވެއެވެ.