މ. ކޮޅުފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.
ސ. ހިތަދޫ ނޮވެންބަރުގެ، އިބްރާހިމް އަސްޢަދު (33އ) ހޯދުމަށް އިޢުލާންކޮށްފައިވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ފުލުހަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.
އަންނަ ނޮވެންބަރ މަހުގެ 5 ވަނަ ދުވަހުގެ 11:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށްވެސް އިޢުލާނުގައި އަންގާފައިވެއެވެ.
މަކަރާއި ހޯލަތުގެ މައްސަލަތައް މިފަހަކަށް އައިސް ރާއްޖޭގައި ވަނީ އިންތިހާއަށް ގިނަވެފައެވެ.