Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިލިމާލެ

ވިލިމާލޭ ހޮސްޕިޓަލުގައި ޑެންޓަލްގެ ޚިދުމަތް ފަށައިފި

މާލޭސިޓީގެ ވިލިމާލޭ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފިއެވެ.

ވިލިމާލޭ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިޚިދުމަތް ފައްޓަވާ ދެއްވީ ސިއްޚާތާއިބެހޭ ވަޒީރު އަބްދުﷲ ނާޒިމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ސިއްޚީ ދާއިރާގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ސިއްހީ ހިދުމަތުގެ ތާރީޚުގެ އައު ބާބެއް ފެށިފައިވާ ކަމަށެވެ.

އަދި މާލޭގެ ހުރިހާ ހޮސްޕިޓަލެއް އެއް ނިޒާމަކުން ގުޅާލަން ރައީސް ނިންމަވާފައިވާ ނިންމެވުމަށް ތަޢުރީފުކުރައްވަމުން ނާޒިމް ވިދާޅުވީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން އެއް ނިޒާމަކުން ގުޅާނުލައި އެންމެ ރަނގަޅު ޚިދުމަތްތަކެއް ނުދެވޭނެ ކަމަށެވެ.

އަދި ވިލިމާލޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލަކީ ރައްޔިތުން ބޭނުންވާ ހުރިހާ ސިއްޚީ ޚިދުމަތްތަކެއް ލިބިގެންދާނެ ހޮސްޕިޓަލެއް ކަމަށް ވެގެންދާނެކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި ގާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށައި ދެ އަހަރު ތެރޭ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ޑިޒައިނިންގ އަދި ޓެންޑަރިންގ ސްޓޭޖްގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

މި ލިއުމާއި ގުޅޭ