އުރީދޫ މޯލްޑިވްސްގެ ވިޔަފާރީގެ ބައިވެރިންގެ އަގު ވަޒަންކޮށް ފާހަގަކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑާއި ގާލާ ނައިޓެއް ކުރިއަށް ގެންގޮސްފިއެވެ.
މި ގާލާ ނައިޓް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އުރީދޫ ހެޑްކުއާޓާސްގައެވެ. މި ހާއްސަ ހަފުލާގައި އެކި ކެޓަގަރީތަކުގެ ޕާޓްނަރުންގެ އަގު ވަޒަންކޮށް، އިނޮވޭޝަނާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ވިޔަފާރީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރަމުންދާ ޕާޓްނަރުން ފާހަގަކޮށްފައިވެއެވެ.
މި ހަފްލާ ފެށުނީ ލޯންގް ސަރވިސް ޕާޓްނަރުން، ނުވަތަ އުރީދޫއާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އުރީދޫގެ ބިޒްނަސް ޕާޓްނަރުންނަށް ހަނދާނީ ލިޔުން ހަވާލު ކުރުމުންނެވެ. މި ޕާޓްނަރުންގެ އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމުގެ ސަބަބުން އުރީދޫގެ ކާމިޔާބީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.
ކްލަބް ޕްރިމިއާގެ ޓޮޕް ޕާޓްނަރުންނާއި ޓޫރިސްޓް ޕާޓްނަރުން ފަދަ ގިނަ ގޮތްގޮތުން އުރީދޫއާއެކު މަސައްކަތްކޮށްފައިވާ ޕާޓްނަރުންގެ އަގު ވަޒަންކުރުމުގެ އިތުރުން އެ ހަފްލާގެ އެންމެ މަތީ ފަންތީގެ، ބެސްޓް ބިޒްނަސް ޕާޓްނަރުގެ އެވޯޑް ދީފައިވަނީ ސޭލްސް އެންޑް ސާވިސް އިން ފެށިގެން އިނޮވޭޝަން އަދި ކަސްޓަމަރުންގެ ތަޖުރިބާއާ ހަމައަށް ހުރިހާ ދާއިރާއަކުން ވެސް އެންމެ ފާހަގަކޮށްލެވޭ ޕާޓްނަރަށެވެ. އެ ޕާޓްނަރަކީ އުރީދޫގެ އަސާސްތަކާއި މިޝަންގެ ނަމޫނާ ދައްކައި، އެއްބަޔަކު އަނެއް ބަޔަކަށް ކާމިޔާބީ ހޯދައިދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ޕާޓްނަރެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ގާލާގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވަނީ ހުރިހާ ޕާޓްނަރުން ގުޅިގެން ކުރާ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.
މިިރޭ އަޅުގަނޑުމެން ފާހަގަކުރަނީ ހަމައެކަނި ޕާޓްނަރުން ހޯދި ކާމިޔާބީތަކުގެ އިތުރުން، އަޅުގަނޑުމެން ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭ އެއްބާރުލުމާއި ހިއްސާވާ ވިސްނުމުގެ ރޫހު. ތިޔަބޭފުޅުންގެ ވަޢުދުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީ، އިނޮވޭޓްކޮށް، ކުރިއެރުމަށް މަގުފަހިވެގެންދާނެއުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ
އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިނޮވޭޝަން އަދި ސަރވިސް އެކްސެލެންސްގެ ރޮނގުތައް ހަރުދަނާކުރުމަށް ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކުންފުންޏެއް ކަން ފާހަގަ ކޮށްލެވެއެވެ.