Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބައްސާމް އަދީލް ޖަލީލް

ބައްސާމްގެ އެޕާޓްމަންތަކުގެ މައްސަލަ ރިވިއު ކޮށްދޭން ފަނޑިޔާރުންގެ މަޖިލީހުގައި އެދިއްޖެ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަނުގެ ރައީސްގެ މަޤާމުގައި ހުރިއިރު އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ގަނެފައިވާ ކަމަށް ތުހުމަތުކުރާ ދެ ޕެންޓްހައުސް ފުލުހުންނާއި ހަވާލު ކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު ބަލައި ގަތުމަށް އޭނާ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ބައްސާމްގެ އެޕާޓްމަންޓްތައް ފުލުހުންނާއި ހަވާލު ކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރުމުން އެޕާޓްމަންޓްތައް ހަވާލު ކުރުމަށްފަހު އެއަމުރުގެ މައްސަލަ ބައްސާމް ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައި ނުގަތުމަށް ނިންމަވާފައެވެ.

ހައި ކޯޓުން ބުނީ މައްސަލަ ބަލައިނުގަތުމަށް މިދިޔަ ބުރާސްފަތި ދުވަހު ރަޖިސްޓްރާ ނިންމެވި ނިންމުން ރިވިއު ކުރަން ފަނޑިޔާރުންގެ މަޖިލީހަށް ބައްސާމްގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
ކޮވިޑުގެ ދުވަސްވަރު ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއިން ބައްސާމް ގަތް ކަމަށް ތުހުމަތުކުރެވެނީ ހުޅުމާލޭ އަމީން އެވެނިއުގެ އޭ ބްލޮކުގެ ދެ އެޕާޓްމެންޓެވެ. އެ ދެ އެޕާޓްމަންޓްގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވީ މިދިޔަ މަހުއެވެ.

ފުލުހުން މިދިޔަ މަހު ބުނެފައިވަނީ އެ ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަން އަށް ދައްކާފައިވާ ކަމަށެވެ. އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ދައްކަން އަމިން ކޮންސްޓްރަކްޝަން އިން ލިޔެކިޔުންތަކެއް އުފެއްދި މައްސަލަ ވެސް ފުލުހުން ވަނީ ތަހްގީގުކޮށްފައެވެ. އެމައްސަލައިގައި އެކުންފުނީގެ މައްޗަށް ދައުވާ ކޮށްދިނުމަށް ވެސް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.

މި ލިއުމާއި ގުޅޭ