އެހެންނަމަވެސް ބައެއް ސަފާރީތަކުގައި އެއާ ހިލާފަށް ރަލުގެ މުއާމަލާތްކުރަމުންދާަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ބައެއް ސަފާރީތަކުން މި ފަހަކަށް އައިސް އެއްވެސް ގެސްޓެއް ނެތި ބަރާބަރަށް ރާ އަރުވާ، އޭގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ރަލުގެ ވިޔަފާރިި ކުރާ ފަރާތްތަކުން އެކަން ހުއްޓާލަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކަނޑައަޅާފައިވާ ހައްދުތަަކުގެ ބޭރުން ރަލުގެ ވިޔަފާރި ކުރާނަމަ އެ އުޅަނދަކަށް އޭގެ ފަހުން ރާ ދޫކުރުން ހުއްޓާލާނެ ކަމަށެވެ.
މިކަން ކުރަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނުގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުގަނޑުމެން އަޅާނަންމިނިސްޓަރު އިހުސާން
މީގެއިތުރުން ކަސްޓަމްސްއިން ރާ ނަގައިގެން ގޮސް ރާއްޖޭގެ އެކި ރަށްރަށަށް އެތަކެތި ބާލާ މައްސަލައަށްވެސް މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ދިވެހިން ހިމެނޭހެން ހުއްދަނޫން ގޮތުގައި ރަލުގެ ވިޔަފާރިކުރާ މަންޒަރު ފެނި އެކަން ސާބިތުވެސް ވެފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.