Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބިދޭސީ މަސައްކަތްތެރިން

ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ބިދޭސީންނާއި ގުޅޭ ފީތަކުގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން މިއަދާއި ހަމައަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވީ މީނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވިސާ ފީއާއި ވޯކް ޕާމިޓް ފީ އަދި ކޯޓާ ފީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު ހާމަކޮށް އެފައިސާތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 4 މަސްދުވަހުގެ ތެރޭގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދިފައިވާކަން އިހުސާން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޖޫންމަހުގެ 3 ވަނަ ދުވަހު ހޯމް މިނިސްޓްރީން ބުނީ ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ހުރި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިފައިސާގެ ތެރެއިން މިއަދާއި ހަމައަށް (22 އޮކްޓޫބަރ 2024) 703،799250.00ރ ހޯދިފައިވާ ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ ފައިސާ ނުދައްކާ ފަރާތްތަކާއިމެދު ކުރިންވެސް ބުނެފައިވާގޮތަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތައް އެކެސްޕަޓް ސިސްޓަމުން ބްލޮކްކުރެވި ބިދޭސީންނާ ގުޅޭ ޚިދުމަތްތައް ދިނުން ހުއްޓާލާފައިވާކަމަށެވެ. އަދި އެފަރާތްތަކަށް އަލުން ޚިދުމަތްދޭން ފަށާނީ ފައިސާ ދެއްކުމުން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ