Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސާފް ޗެމްޕިއަންޝިޕް

ސާފް ވިމެންސް ޗެމްޕިއަންޝިޕް: ނޭޕާލުން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

މިހާރު ކުޅެމުންދާ ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ނޭޕާލް ކުޅުނު މެޗުގައި ރާއްޖެ ކޮޅަށް ނޭޕާލުން 11 ލަނޑު ޖަހައިފިއެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލް އަތުން ރާއްޖެ ބަލިވެފައިވަނީ 3 ލަނޑުގެ ތަފާތުންނެވެ.

އިއްޔެ ކުޅެވިދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ނޭޕާލުން ކާމިޔާބުކޮށްފައިވަނީ 4 ލަނޑެވެ. އަދި، ބާކީ 7 ލަނޑު ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގައެވެ. އެގޮތުން، އެ މެޗުގައި ނޭޕާލުގެ ރޭކާ ޕައުދާލް ޖުމްލަ 5 ލަނޑު ކާމިޔާބުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސްވަނީ ބަލިވެފައެވެ. ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުގައި ހިތްވަރު އެލުވައިނުލާ މޮޅު ކުޅުމެއް ދެއްކިނަމަވެސް، ރާއްޖެއަށް އެ މެޗުގައިވެސް ލަނޑެއް ޖެހޭގޮތް ވެފައެއް ނުވެއެވެ. ރާއްޖެ ހިމެނިފައިވާ ގްރޫޕަކީ ވަރުގަދަ ގްރޫޕަކަށް ވާއިރު، ރާއްޖެއަށް އަދި މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ