މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ހުޅުމާލޭގެ އުތުރުފަރާތުގެ ފަރަށް އެރި ބާޖަކާއި ޓަގުގެ ވެރިފަރާތް ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ ފެބުރިއަރީ މަހުގެ ދެ ވަނަ ދުވަހު ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރި ޓަގު "ANADI" އަދި ބާޖު "AM MANUMIT" ފަރުމަތިން ނަގާފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގައިކަމަށެވެ.
އެގޮތުން އުޅަނދުތައް ފަރަށް އުރުމުގެ ސަބަބުން އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށްޓަކައި ކުރިޔަށް ގެންދެވުނު ސާވޭއިން ދައްކާގޮތުގައި އެ ސަރަޙައްދުގެ 1159 އަކަ މީޓަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ.
އީޕީއޭއިން ބުނިގޮތުގައި ހުޅުމާލޭގެ އުތުރު ފަރާތު ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވައިދުގެ ދަށުން ކަނޑައެޅުނު ޖޫރިމަނާގެ އަދަދަކީ 29,201,946 ދިވެހިރުފިޔާއެވެ.
އެހެންވެ މި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް އެ އެ އުޅަނދުތަކުގެ އޮޕަރޭޓަރ ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީއަށް އަންގާފައިވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ.