ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑާއެކު ސައުދީ ޕްރޯ ލީހުގެ ދެވަނައަށް ޖެހިލައިފިއެވެ.
މެޗުގެ 90 ވަނަ މިނެޓުގެ ކުޅުން ނިމި އިތުރުވަގުތުގެ 7 ވަނަ މިނެޓުގައި ގޯލްގެ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައި ރޮނާލްޑޯ، އަލް-ޝަބާބުގެ ސަޕޯޓަރުން މާޔޫސް ކޮށްލީ، އަލް-ނަސްރު ސައުދީ ޕްރޯ ލީބުގެ ދެވަނައަށް ފޮނުވާލަމުންނެވެ.
އިއްޔެ ކުޅުނު ފޯރިގަދަ މި މެޗުގައި އަލްނަސްރުގެ އައިމެރިކް ލަޕޯޓް ކާމިޔާބުކޮށްދިން ލަނޑާއެކު އަލްނަސްރުން ވަނީ މެޗުގެ ފުރަތަމަ ފަހަރަށް ކުރި ހޯދާފައެވެ. މި ލަނޑާއެކު މެޗުގެ މުޅި އޮއެވަރު ބަދަލުވެ، މެޗުގެ ދުވެލި އަވަސް ވެގެންދިޔައެވެ.
މެޗުގައި އަލް-ނަސްރު ފަހާ ދުވަން ޖެހުނު އަލް-ޝަބާބަށް ހަމަޖެހެލެވުނީ މެޗުގެ 90 ވަނަ މިނެޓުގައި އަލް ނަސްރުގެ އަލީ އަލް ހަސަނުގެ ފައިގައި ޖެހި ބައިކޮޅަށް ވަން ލަނޑަކުންނެވެ. އެއާ އެކު މެޗުގެ ކުޅުން އިތުރަށް އަވަސްވެ 5 މިނެޓު ތެރޭ ދެ ޓީމުންވެސް ކުޅުންތެރިއަކަށް ރީނދޫ ކާޑު ލިބިފައިވެއެވެ.
އެއަށްފަހު މެޗުގެ ފަހު ވަގުތުގައި އަލް-ޝަބާބުގެ ރޮބަރޓް ރެނަންގ، އަލް ނަސްރުގެ އަބްދުލްރަހްމާން ގަރީބަށް ކުރި ޓެކުލެއްގެ ސަބަބުން، އަލް ނަސްރަށް ލިބުނު ޕެނަލްޓީގައި ބޯޅައާއި ހަވާލުވީ ރޮނާލްޑޯއެވެ. ރޮނާލްޑޯ، ޕެނަލްޓީ ކާމިޔާބުކުރީ ފަސޭހަކަމާއި އެކުގައެވެ.
ރޭގެ ނަތީޖާއަށްފަހު ސައުދީ ޕްރޯ ލީގުގެ ދެވަނައަށް އަލް ނަސްރު އެރިނަމަވެސް، ލީގުގެގެ އެއްވަނާގައިވާ އަލް-ހިލާލާއި އަލް ނަސްރާއި ދެމެދު 4 ޕޮއިންޓުގެ ފަރަގެއް ވެއެވެ.