ހުޅުމާލޭ ހުރަވީ ސްކޫލުގައި އިން ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލޫމާތުދެއްވި ގޮތުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހުރަވީ ސްކޫލުގެ ދަރިވަރަކު ސިއްޚީ ހާލަތެއް މެދުވެރިވެގެން ހުޅުމާލޭ ހޮސްޕިަޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓް ލިބިފަިއވާކަމަށެވެ.
އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއްވި ކަމަށާއި އެކުއްޖާއަކީ 13 އަހަރުގެ ކުއްޖެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށެވެ.