Monday 16th Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރާއްޖެ-ޗައިނާ ގުޅުން

މާލެއިން ފެށިގެން ތިލަފުއްޓަށް ކަރަންޓު ގުޅާލުމުގެ ދިރާސާ ކުރަން ސޮއިކޮށްފި

މާލެއިން ފެށިގެން ތިލަފުއްޓާއި ހަމައަށް ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ ދިރާސާތައް ކުރުމުގެ އެއްބަސްވުމެއްގައި ޗައިނާ ކުންފުންޏަކާއެކު ސްޓެލްކޯއިން ސޮއިކޮށްފިއެވެ.

ސްޓެލްކޯއިން ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޮމްޕެނީ ލިމިޓެޑާއެކު ސޮއި ކުރިކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ފަހުމީއެވެ. އަދި ޓީބީއީއޭގެ ފަރާތުން އެ ކުންފުނީގެ ނައިބު ރައީސް ޒަންގް ހޮންގް ޒޮންގްއެވެ.

ފަހުމީ ވިދާޅުވިގޮތުގައި މި އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގެ ދަށުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި:

  • - މާލެ، ވިލިގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ކަރަންޓުގެ ނެޓްވޯކެއް ގާއިމްކުރުން
  • - 150 މެގަވޮޓްގެ ޑުއަލް ފިއުލް ޕަވަރ ޕްލާންޓެއް ގާއިމްކުރުން
  • - ހަކަތައަށް ޑިމާންޑްތައް އިތުރުވަމުންދާ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުން

ފަހުމީ ކުރެއްވި ޓްވީޓުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސްޓެލްކޯއަށް ދެއްވާ އެއްބާރުލެއްވުމާއި އެމަނިކުފާނުގެ ދުރުވިސްނޭ ފިޔަވަޅުތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މާލެ ސަރަހައްދުގެ ކަރަންޓު ގުޅާލާ މި މަޝްރޫއާ ގުޅިގެން މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިސަރު "ދިޔަރެސް"އަށް ވިދާޅުވީ ޗައިނާގެ ކުންފުންޏަކީ އެ ސެކްޓާގެ ވަރުގަދަ ކުންފުންޏެއްކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޑުއެލް ފިއުލް އިންޖީނުގެ އަޅާނީ ތިލަފުށީގައިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި އިންޖީނުތައް ހިންގުމަށް ތެލާއި ގޭސްވެސް ބޭނުން ކުރެވޭނެކަމަށެވެ.

ސްޓެލްކޯއިން ބުނިގޮތުގައި ކަރަންޓު ގުޅާލާ މި މަޝްރޫއާ ގުޅިގެން އެންމެ ފުރަތަމަ ކުރިއަށް ގެންދާނީ ދިރާސާތައް ކުރުމުގެ މަސައްކަތެވެ.

މި ލިއުމާއި ގުޅޭ