Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ޖަޕާނުން، ދިވެހި ފުލުހުންނަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓްސް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓްސް ހަދިޔާކޮށްފިއެވެ. މި ތަކެތި ހަވާލުކުރުމަށް އިސްކަންދަރު ކޮށީގައި އިއްޔެ ވަނީ ރަސްމިޔާތެއް ބާއްވާފައެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

ޖަޕާން އެމްބަސީން ހާމަކޮށްފައިވާ ގޮތުގައި ދިވެހި ފުލުހުންނަށް ހަދިޔާކުރި މި ތަކެއްޗަކީ ގާތްގަނޑަކަށް 2.5 މިލިއަން ޑޮލަރު ނުވަތަ 38.5 މިލިއަން ރުފިޔާގެ އަގުގެ ތަކެއްޗެވެ.

ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންނަށް މީގެކުރިންވެސް ޚިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓު ހިމެނެއެވެ.

މި ލިއުމާއި ގުޅޭ