ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ދުއްވަމުންދިޔަ ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް ދިވއހި ސިފައިންނަށް ފުރުސަތު ނުދޭ ސަބަބު ހާމަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް ޑރ. މުޢިއްޒު ރައީސްކަމާއި ހަވާލުވުމަށްފަހު އިންޑިއާ ސިފައި އަނބުރާ ޤައުމަށް ފޮނުވާލުމުން އޭގެފަހުން ޑޯނިއާ ދުއްވުމަށް ހަވާލުވީ އިންޑިއާއިން ފޮނުވި ސިވިލިއަނުންނެވެ. ދިވެހި ސިފައިންނަށް ޑޯނިއާ ދުއްވުމުގެ ޚާއްސަ ތަމްރީނު ދެވިފައިވީ ނަމަވެސް އެސިފައިންނަށް އެ ފުރުސަތު ކުރިން ދީފައިނުވެއެވެ.
ދިވެހި ސިފައިންނަށް ޑޯނިއާ ދުއްވަން ފުރުސަތު ނުދޭ ސަބަބު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަމުރުކުރުމުން ދިފާޢީ ވުޒާރާއިން ވަނީ އެމައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ރައީސް މުޢިއްޒުގެ އެންގެވުމުގެ މަތީން އެމައްސަލަ އަނބުރާ ގެންދަން މިހާރު ވަނީ ނިންމާފައެވެ.
ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ތަމްރީނުތައް ދިވެހި 7 ސިފައިންގެ މީހަކު ވަނީ މިހާތަނަށް ނިންމާފައެވެ. ނަމަވެސް އެމީހުން މިހާރު ސިފައިންގެ ވަޒީފާގައި ތިބިކަން ސާފެއް ނުވެއެވެ.