Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުއްލި މަރު

ރިސޯޓެއް ކައިރީ މަރުވެފައި އޮތް މީހަކު ފެނިއްޖެ

އއ. އަތޮޅުގެ ރިސޯޓެއްގެ ކައިރިއަށް ސްނޯކްލިންއަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއްވާ ގޮތުގައި އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު (އިއްޔެ) 11:22 ހާއިރު އއ. ގަންގެހި ރިސޯޓް ބޭރަށް ސްނޯކްލިންއަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވެއެވެ.

އެ ފަތުރުވެރިއާ ހެލްތް ސެންޓަރަށް ގެންދެވުނު އިރުވެސް މަރުވެފައިވާކަމަށް އެ ހެލްތްސެންޓަރުން މަޢުލޫމާތުދެއްވި ކަމުގައި ފުލުހުން ބުނެއެވެ،

ފުލުހުން އިތުރަށް ބުނީ އެމީހާއަކީ އއ. ރަސްދޫގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ، ޗައިނާއަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ