Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ދެޓެކްސްއެއް ނުދައްކާ 166 ކުންފުންޏެއްގެ ނަން އާންމު ކޮށްފި

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 166 ކުންފުންޏެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން އާންމު ކޮށްފިއެވެ.

މީރާއިން އާންމު ކޮށްފައިވާ ލިސްޓުގައި ހިމެނެނީ މިއަހަރުގެ ދެ ވަނަ ކުއާޓަރުގެ ނިޔަލަށް ދައްކަން ޖެހޭ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ދައްކާފައިނުވާ ކުންފުނި ތަކުގެ ތެރެއިން ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ނުދައްކާ އޮތް ޖުމްލަ އަދަދު އެއް ލައްކަ ރުފިޔާއަށް ވުރެ އިތުރުވާ ކުންފުނިތަކެވެ. އެ އޮތޯރިޓީ އިން މި ލިސްޓު އާންމުކޮށްފައިވަނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުންނެވެ.

މި ލިސްޓު އާންމުކުރީ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދައްކަން ތަކުރާރުކޮށް ހަނދާންކޮށްދީ، ތަފަތު ނޯޓިސްތައް ފޮނުވައި، އިތުރު މުއްދަތުތައް ވެސް ދިނުމަށްފަހު ކަމަށް މީރާއިން ބުނެފައިވެއެވެ. އެ ގޮތުން ޓެކްސް ދެއްކުމުގެ ސުންގަޑީގެ 7 ދުވަސް ކުރިން އޮޓަމެޓިކް ރިމައިންޑާ ކޯލެއް ގެ އިތުރުން ސުންގަޑީގެ 3 ދުވަސް ކުރިން ސުންގަޑި އާއި ސުންގަޑީގެ 3 ދުވަސް ފަހުން އެސްއެމްއެސް މެދުވެރިކޮށް ވެސް ޓެކްސް ދެއްކުމަށް މީރާއިން ހަނދާންކޮށްދީފައިވެއެވެ. އަދި ސުންގަޑީގެ 10 ދުވަސް ފަހުން ފުރަތަމަ ނޯޓިސް ފޮނުވައި އޭގެ 30 ދުވަސް ފަހުން އެންފޯސްމަންޓުގެ އިތުރު ފިޔަވަޅު އަޅާނެކަން ބަޔާންކޮށް ފައިނަލް ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީރާއިން ބުނީ އެ މުއްދަތުތަކުގެ ތެރޭގައި އެ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓު އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް ދިން ކަމަށާއި ފަދަ އެއްބަސްވުމެއް ހަދައި، ފައިސާ ދައްކާނަމަ އެންފޯސްމަންޓުގެ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން ވެސް މީރާއިން ދީފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން ވެސް ޓެކްސް ނުދައްކައިގެން މީރާއިން ނަން ހާމަކުރާ ލިސްޓުތަކުގައި ހިމެނޭ ބައެއް ކުންފުނިތަކާއި މަޝްހޫރު ގެސްޓުހައުސް އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ ގެސްޓުޝޮޕު ފަދަ ތަންތަން މިފަހަރުގެ ލިސްޓުގައި ވެސް ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ