Monday 12th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުމާ ބެހޭ ޤައުމީ އިދާރާ

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ގައުމީ މޫސުމާ ބެހޭ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާއިން މި ސަމާޅު ނެރެފައިވަނީ މިރޭ 19:30 އިން މެންދަމު 1:30 އާއި ހަމަ އަށެވެ. މި ވަގުތުތަކުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ.

މިރޭ 19:30 އިން މެންދަމު 1:30 އާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު ބ އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް މިއަދު މީގެ ކުރިން ހުދު ސަމާލު ނެރެފައިވެއެވެ. އަދި އެ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.

މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިއުމާއި ގުޅޭ