އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަނުގެ ރައީސްގެ މަޤާމުގައި ހުރިއިރު ހުޅުމާލެއިން ގަނެފައިވާ 2 އެޕާޓްމަންޓް ރޭގެ ވަގުތެއްގައި ފުލުހުންނާއި ހަވާލުކޮށްފިއެވެ.
ފުލުހުން ރޭގެ ވަގުތެއްގައި މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ ހުޅުމާލެ ލޮޓް ނަމްބަރު އެން 2-25 ގެ "ބްލޮކް އޭ" ގެ އެޕާޓްމަންޓް 1205 އާއި 1206 ރޭގެ 12:00 ގައި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ.
ބައްސާމްގެ 2 އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކުރުމަށް އަމުރުކުރީ ކްރިމިނަލް ކޯޓުންނެވެ. ކޮވިޑުގެ ދުވަސްވަރު ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއިން ބައްސާމް ގަތް ކަމަށް ތުހުމަތުކުރެވެނީ ހުޅުމާލޭ އަމީން އެވެނިއުގެ އޭ ބްލޮކުގެ ދެ އެޕާޓްމެންޓެވެ. އެ ދެ އެޕާޓްމަންޓްގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވީ މިދިޔަ މަހުގަ އެވެ.
ފުލުހުން މިދިޔަ މަހު ބުނެފައިވަނީ އެ ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަން އިން ދައްކާފައިވާ ކަމަށާއި، އެ ޑޮލަރަށް ވާ ދިވެހި ފައިސާ އެ ކުންފުނިން އެފްއޭއެމަށް ދައްކާފައެއް ނުވާ ކަމަށެވެ