އިސްލާމީ މަރުކަޒުގެ މުންނާރު ދޮށުގައި ހުންނަ މަސްފެންގަނޑު މަރާމާތު ކުރަން ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މުންނާރު ދޮށުގައި ހުންނަ މަސްފެންގަނޑު މަރާމާތުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މިކަމާ ގުޅޭގޮތުން ފަހުމީ ވިދާޅުވީ، ރާއްޖޭގެ ސަގާފީ އަދި ދީނީ ތަންތަން ހިމާޔަތްކުރުމަށް އެހީތެރިވުމަކީ ސްޓެލްކޯއިން އަބަދުވެސް އެހީތެރިވާނެކަށާއި އެއީ ސްޓެލްކޯއަށް ލިބޭ ޝަރަފެއް ކަމަށެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މި މަސައްކަތް ކުރަން ނިންމާފައިވަނީ އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން ކަމަށެވެ.