Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބައްސާމް އަދީލް ޖަލީލް

މާދަމާގެ ނިޔަލަށް ބައްސާމްގެ އެޕާޓްމަންޓްތައް ހަވާލުކުރަން އަންގައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތުގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް މާދަމާ ރޭ 12ގެ ކުރިން ހަވާލު ކުރުމަށް ފުލުހުން އަންގައިފި އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ބައްސާމުގެ އެދުމުގެ މަތިން އެ ދެ އެޕާޓްމެންޓް ހަވާލުކުރުން މި މަހުގެ 31 އަށް ލަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަލަންޖެހޭ ކަންތައް ބެލުމަށް ފަހު ބައްސާމު އެދުނު ގޮތަށް އެޕާޓުމެންޓް ހަވާލުކުރުން ލަސްކޮށްދެވެން ނެތް ކަމަށް ފުލުހުން މިރޭ ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ ދެ އެޕާޓްމެންޓް ހުސްކޮށް އެ ތަންތަނާ ހަވާލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މާދަމާ ރޭ 12އާ ހަމައަށް އެޕާޓްމެންޓް ހަވާލު ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ކޮވިޑުގެ ދުވަސްވަރު ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއިން ބައްސާމް ގަތް ކަމަށް ތުހުމަތުކުރެވެނީ ހުޅުމާލޭ އަމީން އެވެނިއުގެ އޭ ބްލޮކުގެ ދެ އެޕާޓްމެންޓެވެ. އެ ދެ އެޕާޓްމަންޓްގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވީ މިދިޔަ މަހުގަ އެވެ.
ފުލުހުން މިދިޔަ މަހު ބުނެފައިވަނީ އެ ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވާ ކަމަށާއި، އެ ޑޮލަރަށް ވާ ދިވެހި ފައިސާ އެ ކުންފުނިން އިން އެފްއޭއެމަށް ދައްކާފައެއް ނުވާ ކަމަށެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ އެއް މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ އެވެ.

ބައްސާމްއާ ދެކޮޅަށް ދައުލަތުން ވަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުކޮށް، ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފަ އެވެ.

މި ލިއުމާއި ގުޅޭ