Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބައްސާމް އަދީލް ޖަލީލް

ބައްސާމްގެ ދެއެޕާޓްމަންޓް ހަވާލު ކުރުމަށް ދިން މުއްދަތު އިތުރުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް ގެ ދެ އެޕާޓްމަންޓް ފުލުހުންނާއި ހަވާލު ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ އެފްއޭއެމް ގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ހުޅުމާލެއިން ގަނެފައިވާ ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކުރުމަށް ދިން މުއްދަތު، އޭނާ އެދުނު ގޮތަށް ފަސްކޮށްދީފައިވާ ކަމަށާއި ހާލަތަށް ރިއާޔަތްކޮށް، ސިޓީގައި އެދިފައިވާ މުއްދަތަށް ފުރުސަތު ދެވިފައިވާކަން ލިޔުމަކުން އަންގާފައިވާ ކަމަށެވެ. އޭނާ އެދުނީ މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށެވެ.

މި ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ދިން މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ބައްސާމްގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނީ މިއަދު ހެނދުނުއެވެ.

ފުލުހުން ކުރިން ބުނެފައިވަނީ މިއަދުގެ ނިޔަލަށް އެޕާޓްމެންޓް ހަވާލު ނުކޮށްފިނަމަ ކްރިމިނަލް ކޯޓުން މިިދިޔަ މަހުގެ 28 ވަނަ ދުވަހު ނެރުނު އަމުރާ އެއްގޮތަށް އެ ދެ ތަން ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.
އްސާމް އެ ދެ ޕެންޓްހައުސް ގަތީ ކޮވިޑް-19 ގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް ފީފާއިން އެފްއޭއެމްއަށް ދޫކުރި ލޯނު ފައިސާއިން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ވަނީ މިދިޔަ މަހު ޕީޖީ އޮފީހުގައި ވެސް އެދިފަ އެވެ.
ފުލުހުން ވަނީ އެ މައްސަލާގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމިން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދިފަ އެވެ.
ބައްސާމްގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެން ފަށާފައިވާ ތަހުގީގާ ގުޅިގެން، ފީފާއިން ވަނީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން އޭނާ ސަސްޕެންޑްކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ދައުލަތުން އެދިގެން، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ވެސް މިދިޔަ ޑިސެމްބަރު މަހު ކޯޓުން އަމުރެއް ނެރެފައިވެ އެވެ. އޭގެފަހުން ކޯޓުން ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ދޫނުކުރުމަށް ވެސް ނިންމައިފަ އެވެ.
މި ލިއުމާއި ގުޅޭ