Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މުދައްރިސުންނަކީ އުށްބައްތި ތަކެއް ފަދަ ބައެއް: ރައީސް

މުދައްރިސުންނަކީ އޭގެ ހުޅުކޮޅުން އެތައް ހާސް ބައްތިއެއް ދިއްލައިލެވިދާނެ ފަދަ އުށްބަތިތަކެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓެއްގައެވެ.

މުދައްރިސުންނަކީ އުށްބައްތިތަކެއް ފަދަ ބައެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ، އުށްބައްތި އެހެން މީހުންނަށް އަލިކުރުމަށްޓަކައި ވިރިގެންދާކަމަށާއި، އޭގައިވާ ހުޅުކޮޅުން އެތައްހާސް ބައްތިއެއް ދިއްލައިލެވިދާނެ ކަމަށެވެ. އެއީ، ކޮންމެ މީހަކު އެ އަލިކަމުގެ ތެރޭން އަމިއްލައަށް ކުރިއަށް ދިޔުމަށްޓަކައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް އެމަނިކުފާނު ވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނަށް އަރިސްކުރައްވާފައެވެ.

އަދި ގެދޮރާއި އުމްރާނީ ތަރައްގީގެ ގޮތުން ގައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ގައުމު ބިނާކުރުމަށް ރައީސް ގޮވާލެއްވިއެވެ. އަދި އިންސާނިއްޔަތާއި، އަޚުލާގާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން ބޭނުންފުޅުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހެވެ.
މި ލިއުމާއި ގުޅޭ