Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ސައިކަލެއްގެ މަޑިދަށުން ފައިސާތަކެއް ވަގަށް ނެގި ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި

ސައިކަލެއްގެ މަޑިދަށުން ފައިސާ ތަކެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އަނެއްކާވެސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝް ގެ ރައްޔިތެއް ކަމުގައިވާ ޖަހަންގިރް އާލަމް އެވެ. މީނާ ފުލުހުން ހައްޔަރުކޮށްފައިވަނީ ސައިކަލްގެ މަޑިދަށުން 442،750ރ. ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުގައެވެ.

މީނާ ގެ ބަންދުގެ މުއްދަތަށް އިތުރު ފަސް ދުވަސް ޖަހައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ މީނާ އާއި ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ ޝޮޓްތަކާއި، ފައިސާގެ ވެރިފަރާތުގެ ބަޔާނެއް ވެސް ހިމެނޭ ކަމަށާއި މިއީ ވިޔަފާރިއެއްގެ މައްސަލައެއްގައި އޭނާ 'ފްރޭމް'ކުރުމަށް ކޮށްފައިވާ ކަމެއް އޭނާ ބުނެފައިވާ ކަމަށެވެ.

މީނާ ބަންދުން ދޫކޮށްލައިފި ނަމަ އްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެގޮތުން އޭނާގެ ދިފާއުގައި ހެކިބަސް ދޭންތިބި މީހުންނަކީ އޭނާއާ ގާތް އަދި ނުފޫޒު ފޯރުވޭފަދަ ބައެއް ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދި ވައްކަން ކޮށްގެން ނަގާފައިވާ ފައިސާ އެ މީހުން ގެއަކަށް ވައްދާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ޖަހަންގިރުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މީގެ ކުރިން ދެތިން ފަހަރު އިތުރުކޮށްފައިވެއެވެ. މީނާ އަކީ ދެ ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ.

މި ލިއުމާއި ގުޅޭ