ފުލުހުންގެ އޮންލައިން ޚިދުމަތްތައް މެދު ކެނޑިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ،
މިކަން ހާމަކޮށް ފުލުހުން އެކްސް ގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ނެޓްވޯކަށް ޓެކްނިކަލް މައްސަލަ އެއް ދިމާވެފައިވާ ކަމަށާއި އެކަމާއި ގުޅިގެން އިންޓަނެޓް މެދުވެރިކޮށް ދެމުންއައި ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައިވާ ކަމަށާއި މި މައްސަލަ ހައްލު ކުރުމަށް އެދޭ ކަމަށެވެ.
ފުލުހުން އޮންލައިންކޮށް ދޭ ހިދުމަތްތަކުގެ ތެރޭގައި އެމަޖެންސީ ނޫން ހާލަތްތަކުގައި މައްސަލަ ހުށަހެޅުން، ޕޮލިސް ސެޓްފިކެޓަށް އެދުމާއި މައްސަލައަކާއި ބެހޭ މައުލޫމާތު ހޯދުން ހިމެނެއެވެ.