Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްކިތްތައް

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ތަރައްގީކުރަން ފެށި އާސަހަރާ މިސްކިތް މިއަދު ހުޅުއްވާދެއްވައިފި

ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ތަރައްގީކުރަން ފެށި މާލޭ އާސަހަރާ މިސްކިތް މަރާމާތަށްފަހު ހުޅުވައިދެއްވައިފިއެވެ.

މިއަދު މެންދުރު ނަމާދުގެ ކުރިން އެ ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މިސްކިތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

މަރާމާތުތަކެއް ކުރަންޖެހިފައިވުމުން އާސަހަރާ ބޭނުންކުރުން މެދުކަނޑާލާ، މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް މާލޭގައި ނިޔާވާ މީހުން ވަޅުކުން ހުޅުމާލެއަށް ބަދަލުކުރީ ރައީސްގެ މޭޔަރުކަމުގެ ދުވަސްވަރު މިދިޔަ އަހަރުގެ މޭމަހުއެވެ. އާސަހަރާގެ މަސައްކަތް މެދުކެނޑިފައިވަނިކޮށް އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ މިއަހަރުގެ މޭމަހުގެ ފަހުކޮޅުއެވެ.

އާސަހަރާގެ މަސައްކަތުގައި އެތަނުގައި މިސްކިތް މުޅިން މަރާމާތު ކުރުމާއި ޖަނާޒާތަކަށް ދާ މީހުން މަޑުކޮށްލުމަށް ޚާއްސަ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.

އާސަހަރާއަށް ޒަމާންތަކަކަށްފަހު ބޮޑެތި ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާއިރު، މިތަން ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ނިންމަވާފައިވަނީ އަންހެންނާއި، ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއަކާއި އެކުގައެވެ.

މީގެއިތުރުން ސަހަރާއާއި މިސްކިތަށް އަންނަ މީހުންނަށް ޚާއްސަ ސައިކަލް ޕާކިން ޒޯނެއް ވަނީ ހަދާފައެވެ.

އާސަހަރާ މިސްކިތާއެކު އެ ސަހަރާ މަރާމާރުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއަށް ޖުމުލަ 11.6 މިލިޔަ ރުފިޔާ ހޭދަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ