Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރަން ސައުދީއާއެކު އެއްބަސްވެއްޖެ

ކުޅިވަރުގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސައުދީގެ ވެރިރަށް ރިޔާދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން، ކުޅިވަރު މުއައްސަސާތަކާއި، ޖަމުއިއްޔާތައް މެދުވެރިކޮށް ކޯޗުން ތަމްރީނުކުރާނެއެވެ.

ކުޅިވަރު ޓީމުތައް ދެ ގައުމަށް ޒިޔާރަތްކުރުމަށް މަގުފަހިކޮށްދީ، ދެ ގައުމުގެ އެކި ކުޅިވަރު ކުލަބުތަކުގެ މެދުގައި ސީދާ މުއާމަލާތުކުރުމަށް އެހީތެރިވުމާއި، ސްޕޯޓްސް މެޑިސިން އާއި، އެންޓި-ޑޯޕިން އަދި މުބާރާތްތައް އިންތިޒާމުކުރުމާއި، ކުޅިވަރު އިވެންޓުތައް ބޭއްވުމާއި އަދި ކުޅިވަރު އިންވެސްޓްމަންޓް ފަދަ އެކި ދާއިރާތަކުން އެއްބާރުލުން ދިނުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

އަދި ދެ ފަރާތުގެ މެދުގައި ލިޔެކިޔުންތަކާއި، ކުޅިވަރުގެ ވަސީލަތްތައް އަދި ކުޅިވަރާ ގުޅޭ ތަޖުރިބާތައް ބަދަލުކުރުންވެސް ހިމެނެއެވެ.
މި ލިއުމާއި ގުޅޭ