Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ބްރޯޑްކާސްޓް ކުރުމުގެ އަމާޒަކަށް ވާން ޖެހޭނީ ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން - ރައީސް

ބްރޯޑްކާސްޓް ކުރުމުގެ އަމާޒަކަށް ވާން ޖެހޭނީ ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން ގެންދާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ބްރޯޑްކާސްޓިން އަކީ އަމާނާތެއް އަދި މަސްއޫލިއްޔަތެއް ކަމަށެވެ. "ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ، ދިވެހިރާއްޖެއާއި ދިވެހި ގައުމުގެ ހައްގުގައި ވަކާލާތުކުރުމެވެ." ރައީސް ވިދާޅުވިއެވެ.

ބްރޯޑްކާސްޓިންގ ދުވަސް ފާހަގަ ކުރުމުގެ މަޤުސަދަކީ ގައުމު ބިނާކުރުމާއި ޑިމޮކްރަސީ އާލާކުރުމާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި މިސިނާއަތުގެ ތަރައްގީއަށް މަގުފަހިކުރުމެވެ.

ބްރޯޑްކާސްޓިންގ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގެ ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ވިޝަންސް އޮފް ފިއުޗާގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމާފައެވެ. ވިޝަންސް އޮފް ދަ ފިއުޗާ އަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އާޓް މުބާރާތެކެވެ. މި މުބާރާތުގެ މަގްސަދަކީ ދަރިވަރުން ބްރޯޑްކާސްޓިން ދާއިރާއަށާއި ރާއްޖޭގައި ހަރަކާތްތެރިވާ ރޭޑިއޯ/ޓީވީ ޗެނަލްތަކުން ފޮނުވާ ކޮންޓެންޓަށް ޝައުގުވެރިކަން އިތުރުކޮށް، ކޮންޓެންޓް އުފައްދާ މީހުންގެ ބުރަ މަސައްކަތް ކުޑަކުދިންގެ އަމިއްލަ ހިޔާލުން ސިފަ ކުރާ ގޮތް ދެނެގަތުން ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބްރޯޑްކާސްޓިންގ ދުވަހެއް ފާހަގަ ކުރަން ފެށީ 2012 ވަނަ ދުވަހުން ފެށިގެންނެވެ.

މި ލިއުމާއި ގުޅޭ