Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު ޑރ.ޚަލީލު

ރާއްޖޭގައި ޓެލެމެޑިސިންގެ ޚިދުމަތް ފަށަނީ

ދިވެހިރާއްޖޭގައި ޓެލެމެޑިސިންގެ ޚިދުމަތް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ ޑރ.އަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޓެލެމެޑިސިންގެ ޚިދުމަތަކީ ދުރުގައި ތިބެގެން ކްލިނިކަލް ފަރުވާ ހޯދުމަށް ޑޮކްޓަރުންނާއި ވާޗުއަލްކޮށް ބައްދަލުކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައިދޭ ޚިދުމަތެކެވެ.

މިނިސްޓަރު ޑރ.ޚަލީލް ވިދާޅުވީ ރާއްޖޭގައި ޓެލެމެޑިސިންގގެ ޚިދުމަތް ފެށުމަށްޓަކައި އެކި ފަހަރު މަތިން މީގެ ކުރިން މަސައްކަތް ކޮށްފައިވާކަން އެނގެން އެބައޮތްކަމަށާއި ނަމަވެސް އެކަން މީގެ ކުރިން ކާމިޔާބުކުރެވިފައި ނުވާކަމަށެވެ.

އެކަން މީގެ ކުރިން ކާމިޔާބު ނުވި ސަބަބުތަކުގެ ގޮތުގައި ޑރ.ޚަލީލް ފާހަގަކުރައްވާފައިވަނީ ޑޮކްޓަރުންނަށް އެކަމުގެ ޓްރެއިނިންގ ލިބިފައި ނެތުމާއި އެ ޚިދުމަތް ބޭނުންކުރާނެ ގޮތް ނޭނގުމާއި އިންޓަނެޓްގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގަިއ ނުލިބުމެވެ.

"މިއަށް ޑެޑިކޭޓެޑް ޚާއްސަ ލައިނެއް ބޭނުން އެބަވޭ. ރާއްޖޭގައި މިހާރު ގާތްގަޑަކަށް ހުރިހާ ރަށަކީ 5ޖީގެ ޚިދުމަތް ލިބޭ ރަށްރަށް. ނޫނިއްޔާ ފައިބަރ ކޭބަލް އެޅިފައިހުރި ރަށްރަށް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ.ޚަލީލް ވިދާޅުވީ ސިއްހީ ޚިދުމަތް ފުރިހަމަކުރުމަށްޓަކައި މިހާރު ކުރެވޭ މުހިއްމު އެއް މަސައްކަތަކީ ޓެލެމެޑިސިންގެ ޚިދުމަތުން މުޅި ރާއްޖެ ގުޅުވާލެމުގެ މަސައްކަތް ކަމަށެވެ.

އެކަމާއި ގުޅޭ ދިރާސާތައް މިހާރު ފަށާފައިވާކަމަށްވެސް ވިދާޅުވިއެވެ.

"ޑޮކްޓަރު އިސްތިއުފާ ދީފަ ދިޔަ ނަމަވެސް މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ، ޚިދުމަތް ދޭން ހުރި ޑޮކްޓަރުގެވެސް މަސައްކަތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ، ކޮންމެ ތަނަކު ހުރެގެންވެސް ސިއްހީ ނިޒާމަށް ވާސިލްވެމުމަށް ފަސޭހަވާނެ" ޑރ.ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މި ޚިދުމަތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ ހުއްޓުމެއް ނެތި ސިއްހީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

މި ލިއުމާއި ގުޅޭ