Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްއޭއެމް

އެފްއޭއެމް ޚިޔާނާތުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ނޯމަލައިޒޭޝަން ކޮމިޓީއާ، ޕީޖީން ހިއްސާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޚިޔާނާތުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފު، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ރާއްޖެ ވަޑައިގެން އުޅުއްވާ ބައިނަލްއަޤްވާމީ ފުޓްބޯޅައާބެހޭ ޖަމިއްޔާ (ފީފާ)ގެ ވަފުދާ ހިއްސާކުރައްވައިފިއެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމަކީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުވަތަކަށް މިއަދު ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުވުމުގައި ޕީޖީ އައްބާސް ވަނީ އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
އަދި މި ޚިޔާނާތުގެ ސަބަބުން އެ އެސޯޝިއޭޝަނަށް ގެއްލިފައިވާ ފައިސާއާއި، މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަހުގީގާއި ގުޅިގެން، އެފްއޭއެމްގެ މަސައްކަތްތައް އާއްމު ހާލަތަކަށް ރުޖޫއަކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް އެފްއޭއެމްގެ ފަރާތުން ޕީޖީއާ ހިއްސާކޮށްފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މިބައްދަލުވުމުގައި އައްބާސް ވަނީ ތަހުގީގީ އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެފްއޭއެމްއަށް ދެއްވާފައެވެ.

އަދި އެފްއޭއެމް ތެރޭގައި މިފަދަ ކަންކަން ތަކުރާރު ނުވާނެގޮތަށް އަމާޒުކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް ވެސް ޕީޖީ ބާރުއަޅުއްވާފައިވެއެވެ.

އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ޕީޖީގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ތަހުގީގު ކުރެއްވުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވާފައިވެއެވެ.
މި ލިއުމާއި ގުޅޭ