ކޮންމެ ތިން ދުވަހަކުން އަގުހުރި ސައިކަލެއް ހޯދުމުގެ ފުރުސަތު ލިބޭ ބޮޑު ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮމޯޝަނުގައި އުރީދޫ މިހާރުވެސް ބޭނުން ކުރަމުން އަންނަ ފަރާތްތަކަށާއި އަލަށް އުރީދޫ ބޭނުންކުރާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން 30 ސައިކަލު ދޫކުރަން ހަމަޖެހިފައިވާއިރު އުރީދޫއިން ބުނީ އިތުރަށް ޚަރަދުކުރާ ވަރަކަށް ސައިކަލު ހޯދުމުގެ ފުރުސަތު ބޮޑަށް ފަހިވާނެކަމަށެވެ.
އުރީދޫ މޯބައިލް، ސުޕަނެޓް ފަސޭހަ އަދި 5ޖީ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
މިހާރު ހުރި ޕޯސްޓްޕެއިޑް، ސުޕަނެޓް، ފަސޭހަ ނުވަތަ 5ޖީ ކަސްޓަމަރުން މި ޕްރޮމޯޝަނަށް ޝަރުތު ހަމަވުމަށްޓަކައި ފާއިތުވި 30 ދުވަހުގެ ތެރޭގައި 250 ރުފިޔާ ނުވަތަ އެޑް-އޮންތަކަށް އެއާ އެއްވަރުގެ ޚަރަދެއްކުރަން ޖެހޭނެއެވެ.
އަދި އަލަށް އުރީދޫއާ ގުޅޭ ފަރާތްތަކުން މި ޕްރޮމޯޝަނަށް ޝަރުތު ހަމަވުމަށްޓަކައި 400 ރުފިޔާއަށްވުރެ މަތިން ޚަރަދުކުރަން ޖެހޭނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ތިން ދުވަހަކުން ސައިކަލެއް ދޫކުރަން ހަމަޖެހިފައިވާއިރު އުރީދޫއިން ބުނީ ނަސީބުވެރިންނަށް ސީދާ ފޯނާއި އެސްއެމްއެސް މެދުވެރިކޮށް ގުޅާނެ ކަމަށާއި އަދި ނަސީބުވެރިންގެ ނަންތައް އެ ކުންފުނީގެ ރަސްމީ ޗެނަލްތަކުގައި ޕޯސްޓް ވެސް ކުރާނެކަމަށެވެ.