Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުއްލި މަރު

ރޭ ނިޔާވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ޝައްކުކުރެވޭ ކަމެއް ނެތް: ފުލުހުން

ރޭގެ ވަގުތެއްގައި މާލޭ މާފަންނު ގަޑިބުރު ކައިރީގައި ހުންނަ މ. ނަލަހިޔާ މަންޒިލް ގޭގެ ކޮޓަރިއެއް ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ޝައްކުކުރެވޭ ކަމެއް ނެތްކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ރޭ 11:33 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި މިމައްސަލައާއި ބެހޭގޮތުން ފުލުހުން ބުނެފައިވަނީ ނިޔާވެފައި އޮއްވާ ފެނުނީ މ. ނަލަހިޔާ މަންޒިލް، އަހުމަދު ފަޔާޒް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށާއި ޝައްކު ކުރެވޭ އެއްވެސްކަމެއް މިހާތަނަށް ފުލުހުން ބެލި ބެލުމުން ފެނިފައިނުވާކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި އޮތްމީހާ އޮތީ މ. ނަލަހިޔާ މަންޒިލް ގޭގެ 3 ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއް ތެރޭގައެވެ. އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފުލުހުން ވަނީ އެގެއާއި އެގޭގެ ކައިރި ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ