Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުއްލި މަރު

މާފަންނު ގެއެއްގެ ތެރޭ ދިވެެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާފަންނު ގަޑިބުރު ކައިރީ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއްވާ ގޮތުގައި ރޭ 11:33 ހާއިރު މާފަންނު ގެއެއްގެ 3 ވަނަ ފަންގިފިލާގައި ހުރި ގެއެއްގެ ތެރޭގައި 57 އަހަރުގެ ފިރިހެނަކު ނިޔާވެފައި އޮތްކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާއިރު އެމީހާގެ ހަށިގަނޑު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި އޮތްމީހާ އޮތީ މ. ނަލަހިޔާ މަންޒިލް ގޭތެރޭގައެވެ. މިފަހަކަށް އައިސް ކުއްލި މަރުތައް ރާއްޖޭގައި އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.

މި ލިއުމާއި ގުޅޭ