Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޢުލީމީ ވުޒާރާ

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އަންގައިފި

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.
ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހެވެ. ރާއްޖޭގެ ސްކޫލްތަކުގައިވެސް މި ދުވަސް ގެންދަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.
މިނިސްޓްރީން ބުނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ޓީޗަރުން ކުރާ އަގުހުރި މަސައްކަތުގެ އަގު ވަޒަން ކުރުމާ އެކު، ޓީޗަރުންގެ މުހިންމު ކަމާއި ގައުމު ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ދަރިވަރުންނާއި މުޖުތަމައުއަށް ފޯރުކޮށްދިނުން ކަމަށެވެ.

މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އިރުޝާދުދީ މިނިސްޓްރީން ނެރެފައިވާ ހާއްސަ ސާކިއުލާއެއްގައި ބުނެފައިވަނީ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ދީގެންވެސް ނުވާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ފާހަގަކޮށްފައިވާ ކަންކަން:

1. އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސް ފާހަގަ ކުރުން.

2. ޓީޗަރުންގެ ދުވަސް ފާހަގަ ކުރަން އަންނަ މަހުގެ 6 އާއި 10 އާ ދެމެދު ވަކި ދުވަހެއް ކަނޑައެޅުން

3. ހުރިހާ ހަރަކާތްތަކެއް އެއް ދުވަހެއްގެ ތެރޭގައި ބޭއްވުން

4. ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުވާގޮތަށް އެސެމްބްލީއެއް ބޭއްވުން

5. ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގުނުވާ ގޮތަށް ހަރަކާތްތައް ގެންދިއުން

6. ރަށުން ބޭރުގައި ހަރަކާތްތައް ކުރިއަށް ނުގެންދިއުން

7. ދަރިވަރުން އަދި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުން

8. ޓީޗަރުންގެ ގަދަރާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އެ ދުވަހުގެ ހަރަކާތްތައް ހިންގުން.

ޓީޗަރުންގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނަގާ މައްސަލައަކީ މީގެކުރިން ވެސް ކުރިމަތިވާ މައްސަލައެކެވެ. ސްކޫލުތަކުން އެފަދަ އެންގުންތައް އަންގާތީ ބެލެނިވެރިން އެކަމާމެދު އެކި ފަހަރުމަތިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މި ލިއުމާއި ގުޅޭ