Wednesday 9th Oct 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ ނޭޝަންގެ ގޭމިން އެސަސަރީ ޕާޓްނަރަކަށް އެސްބީއެންޓީ

އުރީދޫ ނޭޝަން,އުރީދޫގެ ގޭމިން ޕްލެޓްފޯމް ގެ ގޭމިން އެސަސަރީ ޕާޓްނަރެއްގެ ގޮތުގައި އެސްބީއެންޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެސްބީއެންޓީ އަކީ ރާއްޖޭގެ ކުންފުޔެކެވެ. އެއީ ގޭމަރުންނަށް ހާއްސަކޮށް އެންމެ ފަހުގެ ޓެކްނޮލަޖީ ގެނެސްދޭ ކުންފުންޏެކެވެ. އަދި އެސްބީއެންޓީގެ ވެބްސައިޓް މެދުވެރިކޮށް ގޭމަރުންނަށް ބޭނުންގޮތަކަށް ސިސްޓަމެއް ފުރިހަމަކުރަން ބޭނުންވާ މޮނީޓަރު، ސީޕީޔޫގެ އިތުރުން ގޭމިން ގޮނޑި ފަދަ ތަކެތިވެސް ލިބެންހުރެއެވެ.

އެސްބީއެންޓީ އިިން ބުނީ އެ ކުންފުނީގެ އަމާޒަކީ ވިޔަފާރިކުރާ ފަރާތްތަކަށް އެންމެފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮ އަގުގައި ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ޕީކް ޕާފޯމެންސް ހޯދަން ބޭނުންވާ ގޭމަރެއް ކަމަށް ވިޔަސް ނުވަތަ ވަރުގަދަ ވޯކްސްޓޭޝަނެއް ބޭނުންވާ ޕްރޮފެޝަނަލް ފަރާތެއް ކަމުގައިވި ނަމަވެސް ކޮލިޓީއަށް ބަދަލެއް އަޔަނުދީ ހާއްސަ އަގުގައި ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އުފެއްދުންތައް އަގުހެޔޮކަމާ އެކު ކޮންމެ ގޭމަރަކަށާއި ޕްރޮފެޝަނަލްއަކަށް ލިބޭނެ މަގުފަހިވެފައި އޮންނަން ޖެހޭނެ ކަމަށް އެސްބީއެންޓީން ދެކެއެވެ.

ގޭމިން ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށާއި ގޭމް ކުޅޭ މީހުންނަށް މިހާރަށް ވުރެ ރަނގަޅު އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ އުރީދޫ ނޭޝަން ޕްލެޓްފޯމް މެދުވެރިކޮށް ކޮންޓެންޑާ ސީރީޒްތަކުގެ މުބާރާތްތައްވެސް އުރީދޫ އިން ދަނީ ބާއްވަމުންނެވެ.

މިގޮތުން ފައިސާގެ ބޮޑެތި އިނާމުތަކާ އެކު ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތުގެ ސީރީޒްއެއް މިދިޔަ ހަފްތާގައިވެސް ކުރިއަށް ގެންދިޔައެވެ. ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެ ގޭމިންގެ ހުނަރުވެރިން އެއްތަނަކަށް ގެނެސް، މި މުބާރާތް ނިމިގެން ދިޔައީ ވަރަށް ފޯރިގަދަ އަދި އުފާވެރި ޝޯޑައުންއަކުންނެވެ.

އަދި ކުރިއަށްއޮތްތާ ވެސް ފޯރިގަދަ އީސްޕޯޓްސް މުބާރާތްތައް ކުރިއަށް ރޭވިފައިވާކަމަށާ އީސްޕޯޓްސް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެކަންވެސް އުރީދޫއިން ފާހަގަ ކުރެއެއްވިއެވެ.

މި ލިއުމާއި ގުޅޭ