Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައި.ސީ.ބީ.ސީ(އިންޑަސްޓްރިއަލް އެންޑު ކޮމާޝަލް ބޭންކު އޮފް ޗައިނާ)ގެ ބްރާންޗެއް ރާއްޖޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މި ފަދައިން ވިދާޅުވީ ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާ، ޕީބީއޯސީއާ ދެމެދު، ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ބޮޑެތި ޕްރޮޖެކަޓްތަކުގައި ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު އެއްބަސްވުންތަކުގައި ސޮއި ކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވާއިރު ދުނިޔޭގެ އެންމެ ބޮޑު ބޭންކު އައިސީބީސީގެ ބުރާންޗެއް ގާއިމްކުރުންވެސް ހިމެނޭކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

"ޗައިނާގެ އަދި ޗައިނާގެ އެންމެ ބޮޑު ބޭންކު އައިސީބީސީގެ ބުރާންޗެއްވެސް ރާއްޖޭގައި ހުޅުވުން ހިމެނޭ. އެމަސައްކަތުގެ ނެގޯޝިއޭޝަންސް ކުރިއަށް އެބަދޭ،"
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު

މީގެ އިތުރުން 2017 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ މި އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލާފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަނީ ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރުތެރޭގައި އަމަލުކުރަން ނިންމަވާފައެވެ.


މިގޮތުން އިތުރުން ސަޢީދު ވިދާޅުވީ، ދެޤައުމު އެއްބަސްވާ ވަގުތެއްގައި މި އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

"މިނިވަން ވިޔަފާރީގެ އެއްބަސްވުންވެސް އޮތީ ނިމިފައި، ދެޤައުމު އެއްބަސްވާ ވަގުތެއްގައި މި އެއްބަސްވުން އެކްޓިވޭޓުކުރެވޭނެ،"
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު

ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު މި މުއާމަލާތްތަކުގެ އަގު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

މި ލިއުމާއި ގުޅޭ