Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ދިވެހި ވޮލީ ކޯޗުން ތަމްރީނު ހޯދުމަށްޓަކައި މިރޭ ޗައިނާއަށް ފުރަނީ

ދިވެހި ވޮލީ ކޯޗުން ތަމްރީނު ހޯދުމަށްޓަކައި މިރޭ ޗައިނާއަށް ފުރާނެ އެވެ.
ތަމްރީނަށް ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޮވާލެވުނު 20 ކޯޗުންނެވެ.
މި ކޯޗުން ޗައިނާއަށް ފުރުމުގެ ކުރިން، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރާއްޖޭގައި ހުންނަވާ ޗައިނާ އެމްބެސެޑަރުވަނީ މިއަދު އެ ކޯޗުންނާ ބައްދަލު ކުރައްވައިފަ އެވެ.
މިރޭ ޗައިނާއަށް ފުރާ 20 ކޯޗުންނަކީ، ކުޅިވަރު ދާއިރާއިން މީހުން ބިނާ ކުރުމަށް ރާއްޖެ އާއި ޗައިނާއާ ދެމެދު ހެދި އެއްބަސްވުމުގެދަށުން ފޮނުވާ ކޯޗުންނެވެ. އަދި ކޯޗުންގެ ތަމްރީނުގެ ހަރަދުތައް ބަލަހައްޓާނީވެސް ޗައިނާއިންނެވެ.
މި ތަމްރީނުތައް ކުރިއަށްދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ދިވެހި ކޯޗުން ތަމްރީނު ހޯދުމަށް ބޭރަށް ފުރާއިރު، މި މަހު ރާއްޖޭގައި ބޭއްވި ކާވާ ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ރިހި މެޑަލް ރާއްޖެއިން ހޯދާފައިވާކަން ފާހަގަކޮށްލެވެ އެވެ.
މި ލިއުމާއި ގުޅޭ