Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޮލީ ބޯލް

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ތަޖިކިސްތާން އަތުން ރާއްޖެއަށް މޮޅެއް

މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ތަޖިކިސްތާނު ބަލިކޮށް ދިވެހި ޓީމުން މޮޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށް ދާ މި މުބާރާތުގައި ރޭ ތަޖިކިސްތާނު ބަލިކޮށް ރާއްޖެ މޮޅުވީ 4-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އަންހެން ޓީމުން ވަނީ 25-18 އަދި 25-12 އިން މި ސެޓުތައް ކާމިޔާބުކޮށްފައެވެ.

އެކަމަކު މެޗުގެ ތިންވަނަ ސެޓުގެ ފަހުކޮޅު ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކާއެކު، ތަޖިކިސްތާނުން ވަނީ ފަހު ސެޓު 25-21 ގެންގޮސްފައެވެ. ނަމަވެސް ހަތަރުވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން އިތުބާރާއެކު ކުޅުނުއިރު، މި ސެޓު ކާމިޔާބުކޮށްފައިވަނީ 25-16 އިންނެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރެއެވެ. އެ ގައުމުތަކަކީ ރާއްޖެ އާއި ތަޖިކިސްތާނުގެ އިތުރުން ކިރްގިސްތާން އަދި އަފްޣާނިސްތާނެވެ.

މި އަދުގެ ދުވަހުގެ ނިޔަލަށް ގުރޫޕް ސްޓޭޖް ނިންމާލުމަށް ފަހު ސެމީ ފައިނަލް މި ހަފްތާގެ އަންގާރަ ދުވަހު ފަށާނެއެވެ. ފުރަތަމަ ސެމީގައި ވާދަކުރާނީ ހަތަރު ޓީމުގެ ތެރެއިން އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ އަށް ދާ ޓީމެވެ. ދެވަނަ ސެމީ ފައިނަލުގައި ދެވަނަ އާއި ތިންވަނަ ވާދަކުރާނެ އެވެ. ބްރޯންޒް މެޑަލް މެޗާއި ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގައެވެ.

މި ލިއުމާއި ގުޅޭ